ފިނޭންސް މިނިސްޓަރު އަމީރު، ދައުރު ނިމޭއިރު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް ދައުލަތުގެ ދަރަނި ބޮޑުވާނެކަމަށް ލަފާކުރޭ

ހަބަރު

ދަރިނިތައް އަތްނުފޯރާފަށަށް! ސަރުކާރުން 800 މިލިއަން ރުފިޔާގެ ގެ ލޯނެއް އަމިއްލަފަރާތަކުން ނަގައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 އޮކްޓޯބަރ 2023 , ބުރާސްފަތި 10:40   789

ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް (އިތުރު ފައިސާ) ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ދަނޑިވަޅެއްގައި، 800 މިލިއަން ރުފިޔާ (50 މިލިއަން ޔޫރޯ) ގެ ގެ ލޯނެއް އަމިއްލަ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު ޢާއްމުވެއްޖެއެވެ.

ނަމަވެސް މިމުޢާމަލާތާއި ގުޅޭ އެއްވެސް މަޢްލޫމާތެއް ސަރުކާރުން ޢާއްމުކުރައްވާފައި ނުވެއެވެ. އަދި އެހެނިހެން ދަރިތަކުގެ ތަފްޞީލްތައް ވެސް ސަރުކާރުން ޢާއްމުކުރައްވަން ބޭނުންފުޅު ނުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހާއި ހަމައަށް 33 ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ދައުލަތުގެ ދަރަނި ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަން، އަހަރު ނިމޭއިރު ބޮޑުވާނެއެވެ. ހަމަ އެހެންމެ ސަރުކާރުން އަމިއްލަ އެކިއެކި ފަރާތަށް ދައްކަޖެހޭ ދަރަނިތައް ވެސް ވަނީ އަނބުރާ ދެއްކުމަށް ދަތިވާ މިންވަރަށް ބޮޑުވެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ސަރުކާރުގެ ވުޒާރާތަކުން ޢީމާރާތްކުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި، ސިއްޙީ ޚިދުމަތް ދިނުމުގައި ހޯދަން ޖެހޭތަކެތިތަކަށް ނަގާފައިވާ ދަރަނިތައް ވެސް ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީ އިން އިތުރަށް ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އެދުމަށް ތައްޔާރުވާން ފަށާފައިވަނި ސެޕްޓެމްބަރު މަސްތެރޭގައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ އިތުރަށް 5 ބިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. ނަމަވެސް، ހުށަހެޅުއްވި އިރު ހުށަހެޅުއްވީ 6 ބިލިއަންގެ ހުށަހެޅުއްވުމެކެވެ.

ދައުލަތުގެ ދަރަނިތައް ބޮޑުވާތީ ބައިނަލްޢަޤްވާމީ އިދާރާތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުގެ މާލީ ހިސާބުތަކާއި ސިޔާސަތުތައް ޢާއްމުކުރުމަށް މީޑިއާތަކުން އެދުމުން ވެސް ފިނޭންސް މިނިސްޓްރީ އިން ވަނީ އެކަމަށް އިޖާބަ ނުދެއްވާފައެވެ. އަދި ފާއިތުވެދިޔަ ދެ އަހަރުތެރޭގައި ވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ޤައުމުގެ މާލީ ކަންކަމާއި ގުޅޭގޮތުން މީޑިއާތަކާއި ބައްދަލުކުރައްވާފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ގުޅުމަށް އެކްސްޕްރެސް ނިއުސް އިން ތަކުރާރުކޮށް ކުރި މަސައްކަތް، ފޯނު ނުނަންގަވާތީ ކާމިޔާބުވެފައި ނުވެއެވެ.

މިލިޔުމާއި ގުޅޭ

ޤައުމީ އުފެއްދުންތެރިކަން 100 ބިލިއަނުން މައްޗަށް، ދަރަނިތައް ބޮޑު، ފޮނިމީރުކަމެއް ނެތް!

ރާއްޖެ ނުރައްކާތެރި ފައްތަރެއްގައި: ޕްރޮޖެކްޓްތައް ނުނިމޭ، ކުރިއަށް އޮތީ ދަރަނިތައް އަނބުރާ ދެއްކަންޖެހޭ 4 އަހަރު!

ދަރަނިން ހޯދާ ތަރައްޤީ ހުއްޓާލަންވެއްޖެ، ޤައުމު ފިތި ބާރުވަނީ!

5 އަހަރު ނިމޭއިރު ބޭރުގެ ދަރަނި ދެގުނަ ބޮޑުވާނެކަމަށް ލަފާކޮށްފި

ކޮލަމް: ދިވެހިރާއްޖެ ދަރަނި ދަންތުރައެއްގައި ޖެހިފައި

ދިވެހިރާއްޖޭގެ ދަރަނި އަތްނުފޯރާފަށަށް، ސަމާލުވާންޖެހިފައި

ޓެގްސް: ދައުލަތުގެ ދަރަނި ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.