ރައީސް މުޢިއްޒު ޗައިނާއަށް ވަޑައިގެން އެޤައުމުގެ ރައީސް ޝީ އާއިއެކު ހުއްޓިވަޑައިގެން ޤައުމީ ސަލާން ކިޔުއްވަނީ

ހަބަރު

ރައީސް މުޢިއްޒު ރާގުބަދަލުކުރައްވައި، ދަރަނިން ސަލާމަތްވުމަށް އިންޑިއާގެ އެހިތެރިކަން ބޭނުންވާކަމަށް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 މާރޗް 2024 , ހޮނިހިރު 15:23   1066

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާގުބަދަލުކުރައްވައި، ދަރަނިން ސަލާމަތްވުމަށް އިންޑިއާގެ އެހިތެރިކަން ބޭނުންވާކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މަޤާމާއި ޙަވާލުވެވަޑައިގެންނެވިފަހުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގެ ވާހަކަ އިންޑިއާގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީއަޅާފައިވާއިރު، މީގެކުރިން ރައީސް މުޢިއްޒު މިފަދަގޮތަކަށް އިންޑިއާއަށް ތަޢުރީފްކުރައްވައި އެހީތެރިކަމަށް ބޭނުންވާވާހަކަ ވިދާޅުވެފައިނުވެއެވެ.

ރާއްޖޭގެ މާލީ ޙާލަތު ވަރަށް ބޮޑުތަން ގޯސްވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއިން ބޭރުން އިތުރަށް ފައިސާ ނުލިބިއްޖެނަމަ ޕްރޮޖެކްޓްތައް ނުހިންގި މަޑުޖެހުމުގެ އިތުރުން ދަރިނަތައް ދެއްކުމަށް ބުރޫއަރާނެއެވެ.

ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން، އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޗައިނާގެ އެހީތެރިކަން ހޯއްދަވަން ނަމަވެސް، އުއްމީދުކުރެއްވިވަރާއި ގާތަށް ވެސް އެހީތެރިން މިހާތަނަށް އެޤައުމުގެ ފަރާތުން ލިބިފައިނުވެއެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބާލަން ރަޢީސް މުޢިއްޒު އިންޑިއާގެ ކިބައިގައި އެދިފައިވާއިރު، މިހާތަނަށް އިންޑިއާގެ ރައީސް އާއި ބައްދަލުކުރައްވާފައިނުވެއެވެ. މީގެ ކުރިން ރާއްޖޭގެ ހުރިހައި ރައީސުންވެސް އައީ އިންޑިއާގެ ވެރިކަމާއި ގާތްގުޅުމެއް ބާއްވަމުންނެވެ. އެންމެ ގިނަ އެހީތައް ލިބިފައިވަނީ ވެސް އިންޑިއާއިންނެވެ.

"އަޅުގަނޑުމެން މިވަނީ ކުރިން އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތަކެއް ބޮލުގައި އެޅިފައި... އުފުލޭ ވަރަށްވުރެ ބިޔަލޯންތަކެއް... އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން އެ ލޯންތައް އަނބުރާ ދެއްކުމުގައި ލުއިތަކެއް ލިބޭތޯ... ޕްރޮޖެކްޓް ނުހުއްޓައި ކުރިއަށް ގެންދެވޭތޯ މިބަލަނީ" މުޢިއްޒު ވިދާޅުވިއެވެ.

އިންޑިއާ އާއިއެކު ސުލްހަވެރި ވާހަކަތަކެއް މިފައްޓަވާފައިވަނީ މަޖިލީސް އިންތިޚާބަށް ވަޤުތުކުޑަތަން ވެފައިވަނިކޮށެވެ.

ނިމިދިޔަ ސަރުކާރުގައި އިންޑިއާގެ އެގްޒިމް ބޭންކުން ޖުމްލަ 1.4 ބިލިއަން ޑޮލަރުގެ ލޯން ނަގާފައިވެއެވެ. މިފައިސާގެ ބޮޑުބައެއް ދިނުމަށް އެއްބަސްވެފައިވަނީ އިންޑިއާގެ ކުންފުނިތަކަށެވެ.

ލިޔުމާއި ގުޅޭ:

އައްޑޫސިޓީ، ކަރަންޓު ޙާލަތު ރަނގަޅެއް ނުވޭ، ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި!

ދައުލަތުގެ ޢާމްދަނީގެ %22 ހޭދަކުރަން ޖެހިފައިއޮތީ ދަރަނި ދެއްކުމަށް، ޚަރަދުތައް ކުޑަކުރަން މަޖުބޫރު!

ޤައުމީ އުފެއްދުންތެރިކަން 100 ބިލިއަނުން މައްޗަށް، ދަރަނިތައް ބޮޑު، ފޮނިމީރުކަމެއް ނެތް!

ރާއްޖެ ނުރައްކާތެރި ފައްތަރެއްގައި: ޕްރޮޖެކްޓްތައް ނުނިމޭ، ކުރިއަށް އޮތީ ދަރަނިތައް އަނބުރާ ދެއްކަންޖެހޭ 4 އަހަރު!

ދަރަނިން ހޯދާ ތަރައްޤީ ހުއްޓާލަންވެއްޖެ، ޤައުމު ފިތި ބާރުވަނީ!

5 އަހަރު ނިމޭއިރު ބޭރުގެ ދަރަނި ދެގުނަ ބޮޑުވާނެކަމަށް ލަފާކޮށްފި

ކޮލަމް: ދިވެހިރާއްޖެ ދަރަނި ދަންތުރައެއްގައި ޖެހިފައި

ޓެގްސް: ޑރ. މުއިއްޒު އިންޑިއާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.