ފީފާ ރޭންކިންގައި އެމެރިކާ އޮތީ 16 ވަނައިގައެވެ. 2006 ވަނަ އަހަރު ރޭންކިންގެ 4 ވަނައިގައި އޮތް ނަމަވެސް އޭގެ 6 އަހަރުފަހުން 35 ވަނައަށް ވެއްޓުނެވެ.
1995 ވަނަ އަހަރުން ފެށިގެން މިޓީމުގެ ކިޓް ސްޕޮންސަރަކީ "ނައިކީ" އެވެ.
އެމެރިކާ އިން 1930 ވަނަ އަހަރު މިމުބާރާތުގައި ކުޅެންފެށިފަހުން 11 ފަހަރު ކުޅެފައިވެއެވެ. އަދި ހަމައެއަހަރު 3 ވަނަ ހޯދިއެވެ. ވޯލްޑްކަޕުގައި އެފަހުން މިޓީމަށް މާބޮޑު ކާމިޔާބީތަކެއް ހޯދިފައިނުވެއެވެ. އަދި ބޮޑު އެއްވެސް މުބާރާތެއް އެއްވެސް އިރެއްގައި ކާމިޔާބުކުރެވިފައިނުވެއެވެ.
ގްރޫޕް B - މިގުރޫޕުގައި ހިމެނޭ ޓީމުތައް : އިނގިރޭސިވިލާތް، އިރާން، އެމެރިކާ، ވޭލްސް
އެންމެ ފަހުން ކުޅުނު މެޗުތަކުން:
- އެމެރިކާ 1 - 0 ސެލްވެޑޯރ
- އެމެރިކާ 0 - 2 ކެނަޑާ
- އެމެރިކާ 3 -0 ހޮންޑޫރަސް
- އެމެރިކާ 0 - 0 މެކްސިކޯ
- އެމެރިކާ 5 - 1 ޕެނަމާ
- އެމެރިކާ 0 - 2 ކޮސްޓަރިކާ
- އެމެރިކާ 3 - 0 މޮރޮކޯ
މިޓީމުގެ ކޯޗަކީ އެމެރިކާގެ ރައްޔިތެއްކަމަށްވާ ގްރެގް ބާހޯލްޓާއެވެ.
ފާހަގަކުރެވޭ ކުޅުންތެރިން :
- ޗެލްސީގެ ފޯވާޑް ކްރިސްޓިއަން ޕުލިސިކް (24އ) 52 މެޗުން 21 ގޯލު
- ޔުވެންޓަސްގެ މިޑްފީލްޑަރ ވެސްޓަން މެކެނީ (24އ) 37 މެޗުން 9 ގޯލު
- ލީޑްސްގެ މިޑްފީލްޑަރ ބްރެންޑެން އާރޮންސަން (22އ) 24 މެޗުން 6 ގޯލު
